ads
ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ "ކޭލި ސޮފްޓްވެއާ" އުއްތަމަ ފަނޑިޔާރު ލޯންޗްކޮށްދެއްވަނީ
ޖުޑިޝަރީ މުޅިން ބަދަލުކޮށްލާނެ ސޮފްޓްވެއާއެއް ތައާރަފްކޮށްފި
ޖުޑީޝަރީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ، ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" މިއަދު ތައާރަފުކޮށްފި އެވެ.

ޝަރުއީ ދާއިރާގެ ހިދުމަތް އަދި މައްސަލަ ނިންމުން އެތައް ގުނައަކުން އަވަސް ވެގެން ދާނެ ބޮޑު އިންގިލާބެއް ގެނެސްދީ، ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" ތައާރަފް ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު އެވެ.

ޑީޖޭއޭއިން ބުނި ގޮތުގައި މައްސަލަތަކުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް، ބަޔާންތައް ގޮތުގައި މިހާރު ލިޔަނީ އަޑުއެހުން ރެކޯޑުކޮށް، ދައްކާ ވާހަކަތައް ލިޔަނީ އިދާރީ މުވައްޒަފުން އެ ރެކޯޑިންތައް އަޑުއަހައިގެނެވެ. 

your imageދިވެހިބަހުން ދައްކާ ވާހަކަ އޮޓޯއިން ދިވެހިން ލިޔެވޭ ސޮފްޓްވެއާ "ކޭލި" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޑީޖޭއޭ

ފަސް މިނެޓާއި ހަތް މިނެޓާ ދެމެދުގެ ރެކޯޑިންއެއް މެނުއަލްކޮށް ޓައިޕް ކުރަން އާންމު ގޮތެއްގައި ބައިގަޑިއިރު ހޭދަވެ އެވެ. އެހެންނަމަވެސް އަލަށް މި ތައާރަފު ކުރެވުނު "ކޭލި" ސްޕީޗް-ޓު-ޓެކްސްޓް ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު، ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވާނެ އެވެ.

ނަތީޖާ އެއްގެގޮތުން ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަހުޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް