ads
ސަލާމަތް ކުރި ޑައިވަރު
އޮޔާދިޔަ 14 ޑައިވަރުންތަކެއް ސަލާމަތް ކޮށްފި
ކަނޑުމަތިން 14 މީހުން މެރިން ޕޮލިސް އިން ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މެރިން ޕޮލިސް ލޯންޗަކަށް ކަނޑުމަތިން ފެނުނު ޑައިވަރުންތަކެއް ސަލާމަތްކޮށް ގދ.ގައްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ ގދ. ގަމާ ދިމާއިން ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗް އެސަރަހައްދަށް ދިޔައިރު 2 ޑައިވަރުން ފެނިފައިވާ ކަމަށާއި އަދި މެރިން ޕޮލިސްގެ ލޯންޗް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއްވެސް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ.

your imageޑައިވަރުން ސަލާމަތް ކުރަނީ 

ފުލުހުން ބުނެފައިވަނީ، މެރިން ޕޮލިސްގެ ލޯންޗް އެމީހުން ގދ. ގައްދޫއަށް ގެންގޮސް އެމީހުން ޑައިވިންއަށް ދިޔަ ސަފާރީ ދޯނި ގެނެސް އެމީހުން ހަވާލުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ސަލާމަތްކުރި އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން މައުލުމާތުދެއެވެ.

އެސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި، 4 އިންސްޓްރަކްޓަރުން މެރިން ޕޮލިސްގެ ލޯންޗުން ނަގައި ސަލާމަތްކޮށްފައިވާކަމަށާއި އެމީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

   

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް