އާސިމް ލިޔެ ޑައިރެކްޓް ކޮށްފައިވާ ކުރު ފިލްމު "ހަދީޖާ" އޮލިމްޕަހުގައި އިފްތިތާހުކޮށްދެމުން ޓެޑްރީ ބުނީ އާސިމް ދިވެހި ފިލްމީ ދާއިރަގައި މަސައްކަތް ކުރާރާތާ 25 އަހަރު ވެއްޖެކަމަށެވެ. އަދި އާސިމް އަކީ ފިލްމީ މަސައްކަތް ހުރިހާ އޭންގަލަކުންވެސް ތަޖުރިބާ ހޯދައިގެން އެ މަސައްކަތުގެ ތެރެަށް ނުކުތް ހުނަރުވެރިއެކަމަށެވެ.
ޓެޑްރީ ބުނީ އޭނާގެ ފިލްމެއްވެސް މިއަދު ސްކްރީނާއި ހަމައަށް މަސައްކަތް ކުރަމުން އަންނައިރު އެ ފިލްމުގައިވެސް އާސިމްގެ ދައުރުވަރަށް ބޮޑުކަމަށެވެ.
"ހަދީޖާ" އަކީ އާސިމްގެ ތުރުކަސް ސްޓޫޑިއޯއިން ނެރެމުން އަންނަ "ވިހާލި" ސީޒަންގެ ފުރަތަަމަ ސެގްމަންޓެވެ.
އޮލިމްޕަހުގައި ހަދީޖާ އަޅުވާފައިވާއިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަށާރަ އަހަރުން މަތީ ކެޓަގަރީއަށް ހާސް މި ފިލްމަކީ ގެވެށިއަނިޔާއާއި, ބިދޭސީންގެ މައްސަލައަދި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ލީޑު ރޯލުން ރަވީ ފާރޫގު, އަދި ނަތާށާ ޖަލީލް ފެންނައިރު, ފިލްމުގައި މަޝްހޫރު ތަރި ނިމާލުގެ މުހިންމު ރޯލެއްވެސް ފެނިގެން ދެއެވެ.
ފިލްމުގެ ފުރަތަމަ ޝޯ އޮލިމްޕަހުގައި މާދަމާ ހަވީރު އަޅުވާއިރު ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 7755569 އަށް ގުޅުމަށް ތުރުކަސް ފިލްމްސް އިން ވަނީ އެދިފައެވެ.
ތުރުކަސް ފިލްމުގެ "ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު, ދެވަނަ ސީޒަން އިތުރަށް ޝައުގުވެރިވާނެކަމަށް އާސިމް ބުންޏެވެ.
ފިލްމުގެ ޝެޑިއުލް: