ރ. މީދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްތައް ބާރުވެރިކޮށް، ރަށްރަށަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ފަޅުރަށް ދޫކުރާނެ ކަމަށާއި، ކައުންސިލްތަކަށް އެ ރަށްތައް ލިބޭ މުއްދަތު ވެސް އިތުރުކުރައްވާނެ ކަމަށެވެ.
މިހާތަނަށް ކައުންސިލްތަކަށް ހުޅުވާލާފައިވަނީ 25 ފަޅުރަށަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ލިސްޓަށް ގިނަ ފަޅުރަށްތަކެއް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ
މި ދިޔަ ސަރުކާރުގައި އެއްބަސްވުމެއް ހަދާފައި، ނުވަތަ މިނިސްޓްރީއަކާ ހަވާލުކޮށްފައި، ނުވަތަ ކޯޓުގައި މައްްސަލަ ހުރި ރަށްތަކެއް ދޫކުރުމުގެ ރިސްކެއް ނަގަން ބޭނުމެއް ނުވޭ ކަމަށާއި ލިސްޓަށް ރައްތައް އިތުރުކުރާނީ، އެރަށެއް ދޫކުރުމުގައި އެއްވެސް ކަހަލަ ގާނޫނީ މައްސަލައެއް ނެތްކަން ޔަގީންކޮށްފައި އެކަން ޔަގީންވާ ވަރަކަށް ރަށްތައް ލިސްޓަށް އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަދުވެގެން 25 އަހަރަށް ފަޅުރަށް ދޫކުރުމުން އެ ރަށްރަށުގައި ރަނގަޅު އިންވެސްޓްމެންޓްތައް ގާއިމްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ގާނޫނުތައް އޮތް ގޮތުން، ރަށްތައް ދޫކުރާ މުއްދަތު 25 އަހަރަށް ވުރެ ވެސް އިތުރުކުރެވޭނެ؛ 50 އަހަރާ ހަމައަށް ވެސް މުއްދަތު އިތުރުކުރުމުގެ ފުުރުސަތު އެބަ އޮތް ކަމަށެވެ.
އެ ރަށްތައް މިހާރު ލިބެން އޮތީ 10 އަހަރުގެ މުއްދަތަކަށް ނަމަވެސް، ގަވާއިދު ބުނާ ގޮތުން، ރަށްތަށް 21 އަހަރުގެ މުއްދަތަކަށް ދޫކުރެވޭނެ އެވެ.
ފަޅު ރަށްތައް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.