ads
އުނގޫފާރު ހޮސްޕިޓަލަށް އިތުރު ކުރި ބައި
ރޯދައިގެ ފަހުން އުނގޫފާރުން އެމްއާރުއައިގެ ހިދުމަތް ލިބޭނެ:ހަލީލް
އަންނަ ރޯދައިގެ އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށާނެކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އުނގޫފާރު ހޯސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތް ނިންމާ  ބޭނުންކުރަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ޢިމާރާތުގެ ޓެރަހުގައި 310 ކިލޯ ވޮޓްގެ ސޯލާޕެނަލް ހަރުކޮށްފައިވާ މި އިމާރާތަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. 

ރައީސް ޑރ. މުއިއްޒު މެދު ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކި ބޭއްވި ބައްދަލުވުމުގަައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހަލީލް ވިދާޅުވީ ރައީސްގެ ވިސްނުންފުޅު ހުރީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށެވެ. އެ ގޮތުން ހޮސްޕިޓަލުން ދޭ ހިމަތާއި އެއްވަރަށް އިންސާނީ ވަސީލަތްތައްވެސް އިތުރުކުރާނެކަމަށެވެ.

your imageސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް 

އެމްއާރުއައިގެ ހިދުމަތް ހޯދަން އޮންނަ ކިޔު ދިގުކުން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ރޯދައިގެން ފަހުން އުނގޫފާރު ހޮސްޕިޓަލްގައި އެ ހިދުމަތް ފަށާނެކަމަށެވެ. އޭރު އެމްއާރުއައި ހިދުމަތް ހޯދަން މާލޭގައި ކިޔު ނުޖެހި އަތޮޅުތަކުންވެސް އެ ހިދުމަތް ލިބިގެންދާނެކަމަށެވެ.

" ކުރިއަށް މިއޮތް ރަމަޟާން މަހުގެ ފަހުން މިރަށުގައި އެމްއާރުއައިގެ ޚިދުމަތް ދޭން ފަށާނެ. ރާއްޖޭގައި ރައީސްގެ ވިޝަން އާ އެއްގޮތަށް އެކި ކަންކޮޅުތަކުގައި އެމްއާރުއައިގެ ޚިދުމަތް ތައާރަފު ވެގެންދާ ހިސާބުން މިހާރު މާލެއަށް ބަރޯސާވެފައި އޮތް އޮތުން، މި ދިގު ކިއޫ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ." ސިއްހަތާއި ބެހޭ ވަޒީރު ހަލީލް ވިދާޅުވިއެވެ.

your imageއުނގޫފާރު ހޮސްޕިޓަލަށް އަލަށް އެތެރެކުރި ބައި

އުނގޫފާރު ހޮސްޕިޓަލަށް ތަރައްޤީކުރަން ކުރަން ކުރާ މަސައްކަތުގެ ދަށުން މިދިިޔަ އެ ހޮސްޕިޓަލްގައިވަނީ ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ދޭން ފަށާފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދައުރުގައި އުނގޫފާރު ހޮސްޕިޓަލްގައި އަލަށް ފަށާފައިވާ ހިދުމަތްތަކުގެ ތެރޭގައި މެމޯގްރަފީގެ ހިދުމަތާއި، ސީޓީ ސްކޭންގެ ހިދުމަތް ހިމެނެއެވެ. އޭގެއިތުރުން ދަތުގެ ފަރުވާ އާއި އީއެންޓީގެ ހިދުމަތް ޒަމާނީ ވަސީލަތްތަކާއެކު ވަނީ ފުޅާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް