ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ އަށްވަނަ މިނިޓުގައި މާކަސް ރަޝްފޯޑު ޖެހި މޮޅު ލަނޑުންނެވެ.
މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި ފިލް ފޯޑެންވަނީ ދެ ލަނޑު ޖަހައި މެޗު އަނބުރާލާފައެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ހާލަންޑުއެވެ.
މި ނަތީޖާއާއެކު 27 މެޗުން 62 ޕޮއިންޓް ހަމަކޮށްގެން ސިޓީ އޮތީ ދެވަނައިގައެވެ. ޔުނައިޓެޑު އޮތީ 27 މެޗުން 44 ޕޮއިންޓާއެކު ހަ ވަނައިގައެވެ.