ads
ރާއްޖެ އައި ފަތުރުވެރިއަކަށް މަރުހަބާ ކިޔަނީ: މި އަހަރު ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ އަމާޒުގެ 65 އިންސައްތަ ވަނީ ހާސިލުވެފައި - ފޮޓޯ: އެމްއޭސީއެލް
މިދިޔަ މަހު 217000 ފަތުރުވެރިން އަތުވެއްޖެ
މިދިޔަ މަހު ރާއްޖެއަށް އައި 217،394 ފަތުރުވެރިންނާއި އެކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

ރާއްޖެއަށް މިދިޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 22.2 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައީ 177915 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 423863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7042 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް

 1 ވަނަ ޗައިނާ: 54719 ފަތުރުވެރިން
 2 ވަނަ ރަޝިއާ: 41583 ފަތުރުވެރިން
 3 ވަނަ އިޓަލީ: 39962 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް