ads
ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމްގެ ތެރެއިން
މަޖިލިސް އިންތިހާބު: ޔޫސް އޮފް ފޯސް ރިފްރެޝާ ޕްރޮގްރާމް ފަށައިފި
މި އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޔޫސް އޮފް ފޯސް ރިފްރެޝާ ޕްރޮގްރާމް ފަށައިފިއެވެ.

އިއްޔެއިން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއވާ މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދޭނެކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

your image ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމްގެ ތެރެއިން 

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް، ހދ. އަތޮޅުގެ ނުވަ ސްޓޭޝަންގެ ފުލުހުން ހިމެނޭ ގޮތަށް ކުޅުދުއްފުށި ސިޓީއާއި ހަނިމާދޫ އަދި މަކުނުދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް އަދި މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ 150 އަށް ވުރެ ގިނަ ދިވެހިން އެ ގައުމެެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުންނެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް