ads
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓީ ބިލް ވަނީ ވިއްކާފައި - ފޮޓޯ:ސަން
ކޭޝް ފްލޯއަށް އަސަރު ނުކުރާ ވަރަށް ރޯދަ ހަދިޔާ ދޭން ޕީސީބީން އަންގައިފި
ސަރުކާރުގެ ކުންފުނިތަކުން ކޭޝް ފްލޯއަށް އަސަރު ނުކުރާ މިންވަރަށް މުވައްޒަފުންނަށް ރޯދަ ހަދިޔާ ދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
Advertisement

ރޯދަމަހުގެ އިނާތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގައި ޕީސީބީއިން ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

އެ ސާކިއުލާގައި ވާ ގޮތުގައި މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމުގަ އެވެ.

ޕީސީބީން ބުނީ ރޯދަ މަސް ފެށޭއިރު "ޕޭ ލީވް" ސްކޮލާޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް އެފަދަ "ލީވް" އެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގައި އަނބުރާ އޮފީހަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރޯދަ މަސް ނިމުނާ ހަމަޔަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ޖެހޭނެކަމަށް ޕީސީބީގެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.

ފައިދާގއި ހިނގާ ކުންފުންޏަކުން ރޯދަ ހަދިޔާގެ ނަމުގައި މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދޭނަމަ ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ޕީސީބީން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް