ads
މަސްވެރިން
މަސް އެކްސްޕޯޓް ކުރި މިންވަރު 50 އިންސައްތަ ދަށަށް
މިދިޔަ ޖެނުއަރީ މަހު ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު 50 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކޮށްފައިވަނީ 4،500 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،500 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު މަސް އެކްސްޕޯޓް ކުރި އަދަދު ދަށްވީ ކަޅުބިލަ މަސް އެކްސްޕޯޓް ކުރި ވަރު ދަށްވުމާ ގުޅިގެންނެވެ. މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓް ކުރީ 2،200 މެޓްރިކް ޓަނުގެ ކަޅު ބިލަ މަހެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްކުރި 6،100 މެޓްރިކް ޓަނުގެ ކަޅުބިލަމަހާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށް އަދަދެކެވެ.

ފާއިތުވި 2023 ވަނަ އަހަރު ޖުމްލަ 78،000 މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖޭން ބޭރަށް އެކްސްޕޯޓުކޮށްފަ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން މަސް ފެކްޓަރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފައި ވާ ކަން ފާހަގަ ކޮށްލެވެ އެވެ. އެންސިސް އިން މަހުގެ ވިޔަފާރި ހުއްޓާލީ، ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް