ads
އެމްޕީއެލްގެ ސީއީއޯ - ފޮޓޯ: އެމްޕީއެލް
އެމްޕީއެލް އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި
މޯލްޑިވްސް ޕޯވްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަހަރު ހިލޭ އުމްރާއަށް ފޮނުވާ ތިން ނަސީބުވެރިން ހޮވައިފި އެވެ.

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މި އަހަރު އެ ކުންފުނީގެ ހަރަދުގައި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާއެކު ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ އެ މުވައްޒަފުންނަށް އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.

މި އަހަރު ހިލޭ އުމްރާގެ ފުރުސަތު ލިބުނު އެމްޕީއެލްގެ މުވައްޒަފުން:

  • ފަޞީލް މުހައްމަދު
  • ހާމިދު މުހައްމަދު
  • އަމީޒާ އަލީ

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކު ވެސް ތިން މުވައްޒަފުން އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވަ އެވެ. އަދި މި ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ކުންފުނީގެ ހަރަދުގައި ފަސް މުވައްޒަފުން ފޮނުވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް