ads
ދޮންއަދަރާދަ މަގު
ދޮންއަދަރާދަ މަގު ގާތް ގަނޑަކަށް ހުޅުވަން ތައްޔާރު: ސްޓެލްކޯ
ދޮންއަދަރާދަ މަގު އާންމުންނަށް ބޭނުން ކުރަން ހުޅުވާލުމަށް ގާތްގަނޑަކަށް ތައްޔާރުވެފައި ވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކުރިން ބުނި ގޮތުގައި މިހާރު ސްޓްލެކޯގެ ދެ އިމާރާތް ގުޅުވައިދޭ ބްރިޖް އަޅާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ މި މަގު ހުޅުވުމަށް ވާން ޖެހޭ ކުދިކުދި ތައްޔާރީ ވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ކުރިން ވަނީ ވިދާޅުވެފައި އެވެ. 

އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފަވާ ފަހުމީ މީގެ ކުރިން ވިދާޅުވި އެވެ.

your imageދޮން އަދަރާދަ މަގު

އެ މަގުގައި ކުރިން 17 އިންޖީނު ގެ ޕަވާ ހައުސް އިންނާނެކަމަށާއި މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލު ކުރެވިފައިވާކަމަށް ފަހުމީ ވިދާޅުވެފައި ވެއެވެ.  މިކަން ކުރީ މިތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް މި އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން އުނދަގޫވެ އެ ކަން ފާހަގަކުރަމުންދާތީކަމަށްވެސް ފަހުމީ ވިދާޅުވެފައި ވެއެވެ. 

ފަހުމީ ވިދާޅުވެފައި ވަނީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް ދުވާލު ގަޑީގައި ކަމަށާއި މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމުގަ އެވެ.

އިތުރަށް ވިދާޅުވާން: މި މަސް ނިމުމުގެ ކުރިން ދޮން އަދަރާދަ ހިނގުން ހުޅުވަނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް