ads
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް މީހެއްގެ އަތުގައި ފާހަގަ ޖަހަނީ
ރައްޔިތުން މަޖިލީހުއިންތިހާބުގުވޯޓާ ލިސްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހުޅެމަށް ހުޅުވާލައިފި
ރައްޔިތުން މަޖިލީހު އިންތިހާބާއި ގުޅިގެން އިލެކްޝަން ކޮމިޝަން އިން ނެރުން ވޯޓާ ލިސްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހުޅެމަށް ހުޅުވާލައިފި އެވެ.

މިއަދު އިލްކެޝަން ކޮމިޝަންއިން ގެޒެޓު ކުރި އިއުލާނުގައި އެ ކޮމިޝަނުން ބުނެފައިވަނީ މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު ވެބްސިޓު  ގައި، ކޮމިޝަނުގެ  ވެބްސައިޓު އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. 

މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އެ ކޮމިޝަންއިން ބުނެ އެވެ. 

މިލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 މާރިޗު 05 އިން 2024 މާރިޗު 07 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށް އެ ކޮމިޝަން އިން ބުނެ އެވެ 

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިން ކަމަށާއި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. 

އީސީން ބުނީ ޝަކުވާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް