މިއަދު މިނިސްޓްރީން އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނާރްޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓާ ތޯރިގް ވިދާޅުވީމި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި އެކި ސަރަހައްދު ތަކުގައި އެންމެ ރަނގަޅު ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު 79 ކުނި މެނޭޖް ކުރާ ފެސިލިޓީ ހެދިފައިވާ ކަމަށެވެ.
އޭރުގައި އެކަން ހަވާލު ކުރެވިފައިވަނީ އަތޮޅު އޮފީސް ނުވަތަ ރަށު އޮފީސް ނުވަތަ އަތޮޅު އޮފީހާއި ކަމަށާއި ނަމަވެސް އޭރުގައި އެކަން މެނޭޖް ނުކުރެވިފައިވަނީ ބޭނުންވާ ފެސިލިޓީ ލިބިފައި ނެތުމުން ކަމަށް މިނިސްޓާ ފާހަގަ ކުރެއްވި އެވެ.
މިނިސްޓާ ވިދާޅުވީ 2015 ވަނަަ އަހަރު ރާއްޖޭގެ ކުނި މެނޭޖް ކުރަން 7 ޒޯނަކަށް ބަހާލާފައިވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި 100 ރަށެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމްކޮށް މި އަހަރުތެރޭގައި ބޭނުން ކުރެވޭ ވަރު ވާނެ ކަމަށާއި މީގެ ތެރެއިން ބައެއް ރަށްތަކަކީ ހަމަ އަލަށް މި ކަމުގައި ބައިވެރިވާ ރަށްތައް ކަމަށްވާއިރު އަނެއްބައި ރަށް ތަކުގައި މިހާރުވެސް ފެސިލިޓީ ހުރި ނަމަވެސް މަރާމާތުކުރަން ޖެހޭ ބައެއް ކަންކަމާއި އިތުރު ކުރަން ޖެހޭ ބައެއް ފެސިލިޓީ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ފާހަގަ ކުރެއްވި ގޮތުގައި ތިލަފުށީގައި އަޅާފައިވާ އެންމެ ބޮޑު ކުނި މެނޭޖް ކުރާ ފެޝިލިޓީގެ މަސައްކަތް 2026 ވަނަ އަހަރު ނިންމާލެވޭނެ ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ ކުނި މެނޭޖް ކުރާ ފެޝިލިޓީ 2027 ވަނަ އަަހަރު ބޭނުން ކުރެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓަށް ޖުމްލަ ބިލިއަން އަށް ވުރެން ގިނަ ރުފިޔާ ހަރަދުވާ އިރު މިހާރު ލިބިފައިވަނީ އެންމެ 1.75 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ކަމަށް ބޭނުންވާ ފައިސާ ބޭރުގެ ފަރާތް ތަކުގެ އެހީ އާއި އެކު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.