ads
އާސެނަލް ކުޅުންތެރިން
އާސެނަލްއަށް ބޮޑު މޮޅެއް
އާސެނަލުން ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ހަ ލަނޑު ޖަހައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ޝެފީލްޑް ކޮޅަށް ހަ ލަނޑު ޖެހުމާއެކު، އާސެނަލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 27 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް އާސެނަލަށް 27 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.

ރަށުން ބޭރުގައި ރޭ އާސެނަލުން ފުރަތަމަ ހާފު ނިންމާލީ ވެސް ފަސް ގޯލު ކުރީގައި އޮވެގެންނެވެ. އާސެނަލުން މި މޮޅާ އެކު ވަނީ ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ރަށުންބޭރުގައި ޖެހިޖެހިގެން ތިން މެޗުން ފަސް ގޯލު ނޫނީ އެ އަށް ވުރެ ގިނަ ގޯލު ޖަހައިގެން މޮޅުވި ފުރަތަމަ ޓީމަށްވުމުގެ ރެކޯޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް