އެމްއެމްއޭ އިން ނެރުން ރިޕޯޓުގައި ވާ ގޮތުން ޖެނުއަރީ މަހުގެ އިންފްލޭޝަން ހުރީ 0.6 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ، 3.1 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ހުރީ 3.7 ޕަސެންޓުގަކަމަށާއި މިދިޔަ އަހަރު ނިމުނު އިރު އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގަކަމަށް އެ އިދާރާއިން ބުނެ އެވެ.
މިއަހަރުގެ ބަޖެޓު ފޮތުގައި، އަހަރު ނިމޭ އިރު ތަކެތީގެ އަގުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3.9 ޕަސެންޓުގަ ކަމަށާއި ދިޔަ ޑިސެމްބަރު މަހު ތަކެތީގެ އަގުތައް ހުރީ 1.9 ޕަސެންޓުގަ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ޖުމްލަ އިފްލޭޝަން 0.6 ޕަސެންޓުގައި ހުރި އިރު ކާބޯތަކެތީގެ އިންފްލޭޝަން މިވަގުތު ހުރީ ހަ ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2.9 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 8.9 ޕަސެންޓުގަ އެވެ.
ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ތިން ޕަސެންޓުގައި ހުރި އިރު މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 6.8 ޕަސެންޓުގަ އެވެ. އަދި ސިއްހީ ދާއިރާގެ އިންފްލެޝަން ހުރީ 4.2 ޕަސެންޓުގަ އެވެ