ads
ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ
އިންޑިއާ ކުންފުންޏަކަށް ދިން 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް
ކުރީ ސަރުކާރުން ޕޮލިސްޓޭޝަންތަކެއް އެޅުމަށް ކަމަށް ބުނެ އިންޑިއާ ކުންފުންޏަކަށް ދިން 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް ބެލުމަަށް އެދި ހޯމް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.

މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކުރީގެ ސަރުކާރާއެކު އެއްބަސްވުމެއް ހަދައިގެން 61 ރަށެއްގައި ޕޮލިސް އިމާރާތް އަޅަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށެވެ.

 އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓް ވެންޗާ ކުންފުންޏާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ފަހުން މިހާތަނަށްވެސް އެ ކުންފުނި ވީ ތަނެއް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް އަދި ކުންފުނީގެ ފަރާތުން، ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތެއްވެސް ހޯދިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ދިވެހި ސަރުކާރުން އެޑްވާންސްގެ ގޮތުގައި ޖަމާކުރި 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލަ ބަލައިދޭން މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

"އޮގަސްޓް 13، 2023 ގައި، އެބައޮތް އަންގާފައި މިހާރު އިންޑިއާ އެގްޒިމް ބޭންކުން އެ ލޯނު ފައިސާ ނުދޭން ނިންމި ވާހަކަ. އެ ފައިސާ ނުލިބޭ ގޮތަށް އަންގާފައި އޮތް ވާހަކަ އެބައޮތް މި ސަރުކާރަށް އަންގާފައި. އެހެން ނަމަވެސް އޭރު ސަރުކާރުން މި އޮތީ 3.6 މިލިއަން ޑޮލަރު އެ ކުންފުޏަށް ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އިހުސާން ފާހަގަކުރެއްވި ގޮތުގައި، ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރުމުގެ މަސައްކަތަށް ލޯނު ނުދޭން ނިންމިކަން އިންޑިއާގެ އެގްޒިމް ބޭންކުން އޮގަސްޓް 13، 2023 ގައި ދިވެހި ސަރުކާރަށް އެންގި ނަމަވެސް އެ ބޭންކުގެ ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެކަން ވެސް އެންގިއެވެ.

އެއާ އެކު ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް އޮގަސްޓް 24، 2023 ގައި އެކަން އެންގި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް