ads
ކޮވިޑް-19 ޓެސްޓް ސާމްޕަލް ތަކެއް---
ޔޫރަޕުން ކޮވިޑް-19 ޖެހިގެން މަރުވި އެންމެ ކުޑަ ކުއްޖައާއަށް 12 އަހަރު!
ކޮވިޑް-19 ޖެހިގެން އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ބެލްޖިއަމް އަށް ނިސްބަތްވާ މި އަންހެން ކުއްޖާ އަކީ ކޮވިޑް-19 ޖެހިގެން ޔޫރަޕުން މަރުވި އެންމެ ކުޑަ ކުއްޖާއެވެ.

އެކުއްޖާ މަރުވިކަން އަންގާ މައުލޫމާތު ދެއްވަމުން އެ ގައުމުގެ ކޮވިޑް-19 ގެ ތަރުޖަމާނު ވިދާޅުވީ، އެވަގުތު ވެގެން ދިޔައީ ވަރަށް އުދަނގޫ ވަގުތުކޮޅަކަށް ކަމަށާ، އެހާ ކުޑަ ކުއްޖެއް ބަލީގައި މަރުވުމުން ޑޮކްޓަރުންވެސް ތިބީ ހިތާމާގައި ކަމަށެވެ. އޭނާ ވަނީ ކުއްޖާގެ އާއިލާއާއި ދޭތެރޭ ވެސް ވިސްނާ ކަމަށާއި ކުޑަ ކުދިން ބަލީގައި މަރުވުން މީ މަދުން ނަމަވެސް ވާކަމެއް ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި އެގައުމުން 98 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވާކަމަށާއި މިހާރު އެބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 705 ކަށް އަރާފައި ވާކަމަށެވެ. އެގައުމުން 11،899 މީހުންނަށް ވަނީ ބަލިޖެހިފައެވެ.

ޔޫރަޕްގައި މި ބަލި އެންމެ ބާރު މިނެއްގައި ފެތުރިގެން ގޮސް އެންމެ ގިނަ މީހުން ބަލިޖެހިފައި ވަނީ އިޓަލީވިލާތުގައެވެ. އިޓަލީ އިން ކޮވިޑް-19 އަށް މިހާތަނަށް 101،739 މީހުން ޕޮޒިޓިވްވެފައި ވާއިރު، 11،591 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް