ads
މޯލްޑިވިއަން ފްލައިޓެއް
ހަނިމާދޫއިން ޓްރިވެންޑްރަމަށް އަލުން ދަތުރުތައް ފަށަނީ
ހަނިމާދޫއިން ޓްރިވަޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުމަށް އެކުންފުނިން ނިންމައިފިއެވެ.
Advertisement

މިދިޔަ ސަރުކާރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރަން ފެށި މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މި މަސައްކަތުގެ ދަށުން އެއާޕޯޓްގެ ރަންވޭން ބައެއް ހުޅުވާ މިދިޔަމަހު ވަނީ ބޭނުންކުރަން ފަށާފައެވެ. 

މޯލްޑިވިއަނުން ބުނީ ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރިވެންޑްރަމަށް އަލުން ދަތުރުތައް ފަށާނީ އަންނަ މަހުގެ 12ގައިކަމަށެވެ. އެ ކުންފުނިން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު ހަފްތާއަކު 2 ފްލައިޓް ބާއްވާނެކަމަށެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހުއެވެ.

ދަތުރުތައް އޮންނަ ގަޑިތައް 

  • ރާއްޖެއިން ފުރުން މެންދުރު 13:15 އަދި ހަވީރު 16:00
  • ރާއްޖެއަށް އައުމުން މެންދުރު 15:00 އަި ހަވީރު 04:45 

ހަނިމާދޫއިން ޓްރިވެންޑްރަމަށް އަލުން ހިދުމަތް ފެށުމަކީ ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު މެދުކެނޑުމެއް ނެތި ގުޅުން ބަދަހިކުރަން ބޭނުންވާ ދިވެހިންނާއި ދަތުރުވެރިންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.  

"މުއްސަނދި ތާރީހާއި ތަފާތު ސަގާފަތާއި ކުރިއަރަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކާއެކު ޓްރިވެންޑްރަމްގެ ސަބަބުން މޯލްޑިވިއަންގެ ރޫޓް ނެޓްވޯކަށް އިތުރު އަގުތަކެއް ލިބިގެންދާނެ." މޯލްޑިވިއަނުން ބުނެއެވެ.

ހަނިމާދޫން އިންޑިއާއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުންނެވެ. 

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައްވެސް ޖެއްސޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް