ads
ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އަންޗެލޮޓީ
ރިއާލްގެ ކޯޗު އަންޗެލޮޓީ ޖަލަށްލާފާނެ ކަމުގެ އިންޒާރު
ޓެކްސް އޮފީހަށް އާމްދަނީ ހާމަ ނުކުރި ކަމަށް ބުނެ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ހަތަރު އަހަރާއި ނުވަ މަހަށް ޖަލަށްލުމަށް ސްޕެއިންގެ ޕީޖީން ބުދަ ދުވަހު ގޮވާލައިފި އެވެ.

މެޑްރިޑް ސްޓޭޓްގެ ޕްރޮސެކިއުޓަރު އޮފީހުން ތުހުމަތު ކުރި ގޮތުގައި އުމުރުން 64 އަހަރުގެ އަންޗެލޮޓީ ވަނީ 2014 އާއި 2015 ވަނަ އަހަރު ސްޕެއިނުން އިމޭޖް ރައިޓްސް އިން ލިބުނު އެއް މިލިއަނަށް ވުރެ ގިނަ ޔޫރޯގެ މާލީ އިނާޔަތްތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެ މައްސަލައާ ގުޅިގެން ސްޕެއިންގެ ކޯޓަކުން ޖުލައި މަހު އަންޗެލޮޓީގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އަމުރުކުރި ނަމަވެސް ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ރެއާލް މެޑްރިޑާ ހަވާލުވި އަންޗެލޮޓީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑާ ހަވާލުވެ، 2015 ވަނަ އަހަރުގެ މެއި މަހު އޭނާ ވަކިވިއިރު، އޭގެ ފަހުން ޖެހިގެން އައި އަހަރު ބަޔާން މިއުނިކަށް އޭނާ ހަމަޖެހުނެވެ. ފަހުން އޭނާ ވަނީ 2021 ވަނަ އަހަރު ރެއާލް މެޑްރިޑަށް އެނބުރި އައުމުގެ ކުރިން ނަޕޯލީ އާއި އެވަޓަން މެނޭޖްކޮށްފަ އެވެ. ޑިސެމްބަރު މަހު އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް