ads
ރިއަލް މެޑްރިޑް މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ރިއާލް މެޑްރިޑް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން، މުބާރާތުގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ރިއާލް މެޑްރިޑުން ފުރުސަތު ހޯދައިފިއެވެ.

ރިއާލް މެޑްރިޑް ކުއާޓާއަށް ދިޔައީ، ލައިޒްޒިގު ބަލިކޮށްގެނެވެ. އެއީ ދެވަނަ ލެގު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެ، އަދި ފުރަތަމަ ލެގު އެކެއް ސުމަކުން ކާމިޔާބުކޮށް އެގްރިގޭޓު ނަތީޖާ ދެ ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ލައިޕްޒިގުގެ ވިލީ އޮބާން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް