ads
އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައި - ފޮޓޯ:އެސްޓީއޯ
ރޯދައަށް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި
އަންނަ ހަފްތާގައި ފެށޭ މިއަހަރުގެ ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި އެވެ.

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ގެނައި ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް ނެރުނީ މިދިޔަ ހަފްތާގަ އެވެ. ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެންމެ ގިނައިން އާންމުން ބޭނުން ކުރާ ބާވަތްތައް ބަލައިގެން އެސްޓީއޯއިން ތަކެތި ބާޒާރަށް ނެރެ އެވެ.

މިހާރު އެސްޓިއޯއިން ފިޔާ އަލުވި ވިއްކާ އަގުތަކަކީ:

 1 ކިލޯ ފިޔާ: 17 ރުފިޔާ އަށް؛ ކުރިން ފިޔާ ކިލޯއެއް ވިއްކީ 20ރ. އަށް

 1 ބަސްތާ ފިޔާ: 320 ރުފިޔާ އަށް؛ ކުރިން ފިޔާ ބަސްތާއެއް ވިއްކީ 450ރ. އަށް

 10 ބަސްތާ ފިޔާ: 310 ރުފިޔާ އަށް 

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.

ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެއެވެ.  

ރޯދަ އަށް ހާއްސަކޮށްގެން އަގުތައް އުފުލޭ އެހެން ބާވަތްތައް ވެސް އެސްޓީއޯއިން ގެންނާނެ ކަމަށާއޮ ރޯދައަށް ބާޒާރުގެ އަގުތައް ބޮޑުނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް