ads
ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ ރައީސް މުއިއްޒު އަރުގައި
ދިވެހީންގެ ރާއްޖެ ބިނާކުރަން 10 އަހަރު ރައީސަށް ދޭން ޖެހޭ: އަދުރޭ
"ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުރު އެއް ދައުރު ދޭންޖެހޭ ކަމަށް އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްއާއެކު މިއަދު ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރު އައިތާ ތިން މަސް ނުވަނީސް ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ފިތުނަ އުފައްދަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ ދޮގު ވާހަކަ ފަތުރައިގެން މީހުންގެ ޒާތާ ބެހެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ މިހާ ތަނަވަސް އަގުލަބިއްޔަތަކުން ރައީސް ވެރިކަމަށް ގެނައުމުން ވެސް ގްރޫޕް ހަދައިގެން ކުރާ ސައްލާއަށް ރައްޔިތުން އިޖާބަ ނުދޭނެ ކަމަށެވެ. މި ސަރުކާރުން އައީ ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭން ކަމަށާއި، ކޮންމެ ބަޔަކު ހިތްދަތިވި ނަމަވެސް، ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނީ ރައީސަށް 10 އަހަރު ވެރިކަން ކުރުމުގެ ފުރުސަތު ދީގެން ކަމަށެވެ.
 

"އަޅުގަނޑުމެން ބިނާކުރަން މި އުޅޭ ރާއްޖެ އިރާދަކުރެއްވިއްޔާ 10 އަހަރުން އަޅުގަނޑުމެން ބިނާކުރާނަން. އަޅުގަނޑުމެން އަމާޒު ހިފާފައި މި ހުރީ ހިތްދަތިވާ ބަޔަކު ހިތްދަތިވިޔަސް 10 އަހަރު ރައީސް މުއިއްޒަށް މި ގައުމުގެ ވެރިކަންކުރަން ފުރުސަތު ހޯދައިދޭން،" ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރަން ޖެހޭކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ވަނީ އޭޕްރީލް މަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ވޯޓުދޭން އެދިވަޑައިގެންފަ އެވެ. ސަރުކާރުން ކުރަން ވައުދުވާ ކަންކަން ކުރެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް