ads
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މިހާރު
"ދަތްދޮޅި ދުއްވާލާ" ބަސް ބޭނުން ކުރީ ވައިލޭޝަނަށް ހިތްވަރު ދޭކަށް ނޫން: މިނިސްޓަރު
"ދަތްދޮޅި ދުއްވާލާ" ބަސް ބޭނުން ކުރީ ވައިލޭޝަނަށް ހިތްވަރު ދޭން ނޫން ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުތަކުގެ ތެރެއިން މ. ދިއްގަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަތަކަށް ގިނަބައެއްގެ ފާނޑުކިޔުން އަމާޒު ވުމުން މިއަދު "އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެހެން ވިދާޅުވީ އެބޭފުޅާއާ ގުޅުވައިގެން ކިއާ އެއްޗަކަށްވާތީ "ހިއުމާ" އެއްގެ ގޮތުން ކަމަށެވެ. އެހެން ގޮތަކަށް އެ ބޭނުން ކުރެއްވި ބަސް މީހުންނަށް ވިސްނި ވަޑައިގަންނަވާ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ވިދާޅުވި އެވެ.

"އެހެން ގޮތަކަށް ވިސްނިވަޑައިގަންނަވާނަމަ މާފަށް އެދެން،" ޔާމީން އެޑްމިނިސްޓްރޭޝަންގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސިފައިންގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލްވުމެއް ގައި ވެސް މަޖިލީސް މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަަމަށް ވިދާޅުވެ ވާހަކަ ދެއްކެވި މިހާރު ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަންގެ މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފު އިއްޔެ ވާހަކަ ދެއްކެވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންނާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރުމާ ގުޅުވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް