ads
ހިޔާ އަވަށުގައި އިމާރާތް ކޮށް މިއަދު ހުޅުވި ވަގުތީ މިސްކިތް
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި
ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ތަރައްގީ ކުރި ވަގުތީ މިސްކިތް ހުޅުވައިފި އެވެ.

އެޗްޑީސީން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން އިމާރާތްކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ "މަސްޖިދުލް ޝާކިރީން" ކަމަށެވެ.
މި މިސްކިތް ގާއިމުކުރެވިފައި ވަނީ ފޭސް 2 ގެ ހިޔާ ޕާރްކް ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވާފައިވާ މިސްކިތެއް ކަމަށެވެ.

މި މިސްކިތަކީ މުޅި ޖުމަލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މިސްކިތެއް ކަމަށާއި މި މިސްކިތުގައި އަންހެން ބޭފުޅުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.


ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާ ކުރާ ދާއިމީ މިސްކިތްތަކުގެ ފުރަތަމަ މިސްކިތް "މަސްޖިދު ހަސަން އާދަމް" މާދަމާ ހުޅުވާނެ އެވެ. ހިޔާ އަވަށުގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ ފަސް މިސްކިތުގެ ތެެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް ހުޅުވާއިރު ބައެއް މިސްކިތްތައް ރޯދައިގެ ފަހަށްވެސް ނިމޭނެ އެވެ. ހުރިހާ މިސްކިތްތަކެއް ދެ އަހަރު ތެރޭ ނިންމާނެ އެވެ.
 
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް