ads
ރައްޔިތުންގެ މަޖިލިސް --
އާދަމްގެ ޝަރީފުގެ ވާހަކަތަކުގެ ސަބަބުން މެމްބަރުންގެ ސަލާމަތަށް ހުރަސްއެޅިދާނެ: މަޖިލިސް
ދިއްގަރު ރައްޔިތުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލްވުމުގައި މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު، ވާހަކަ ދެއްކެވީ މެންބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
Advertisement

ދިއްގަރުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ މަޖިލީހުގެ ސަބަބުން ރައީސް މުއިއްޒަށް، އެ މަނިކުފާނުގެ ތަސައްވަރާއި ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑު ކުޑަކޮށް ދެރަވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ސަރުކާރުގެ މިނިސްޓަރަކު މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަދެއްކެވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުން ބުންޏެވެ.

"އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވުމަށް އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސްއެޅިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް އޮނަރަބަލް މުހައްމަދު އަސްލަމް ދެކެވަޑައިގަންނަވައެވެ.،" މަޖިލީހުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

މި ވާހަކަތަކާ ގުޅިގެން އާދަމް ޝަރީފަށް ފިޔަވަޅު އަޅަން މަޖިލިސް ބައެއް މެމްބަރުން ގޮވާލާފައިވާއިރު، އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެއްކެވި ވާހަކައިގައި "ދަތްދޮޅި" މި ބަސް ބޭނުން ކުރީ އެއްވެސް ހާލަތެއްގައި ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ދަތްދޮޅީގެ ވާހަކަ އަކީ އޭނާއާ ގުޅުވައިގެން ކިޔާ އެއްޗަކަށް ވާތީ ސަމާސާ އަކަށް އެ ބަސް ބޭނުން ކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް