ads
ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އަހަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެ
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓުގައި ނިޔާވީ ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އެވެ. އެ ޒުވާނާ ނިޔާވީ ސީރިއަސް އަނިޔާތަކަށް ފަރުވާދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ވަނިކޮށެވެ. 

އޭނާ އެކްސިޑެންޓުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ސަރަހައްދު ޕެޓްރޯލްކުރުމުގައި އުޅުނު ފުލުހުންނަށެވެ. 

މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހަމައެއާއެކު ވޭނަށް ވެސް ވަރަށް ބޮޑަށް އޮތީ ގެއްލުންވެފައެވެ.

އެ ރެއިން ފެށިގެން އޭނާއަށް ފަރުވާދެމުން ދިިޔައީ ވެންޓިލޭޓަރުގަ އެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓު ތަހުގީގުކުރަމުންނެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ މިފަދަ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް ވަަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. 

އެކްސިޑެންޓް މައްސަލަތައް ހިނގަން މެދުވެރިވާ ސަބަބެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ގަވާއިދާ ހިލާފަށް އޯވަޓޭކް ކުރުމުގެ ސަބަބަން ދިމާވާ އެކްސިޑެންޓްތައް ކަމަށެވެ.

އެކްސިޑެންޓްގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި، އާންމުން ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށް ފުލުހުން އަބަދުވެސް ބުނެއެވެ އަދި ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް