ads
ޓްރިސްޓާ ޕްރޮޑަކްޓް ތައާރަފު ކުރުމުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން "ޓްރިސްޓާ" ބްރޭންޑްގެ މެޑިކަލް ސާމާނު ތައާރަފުކޮށްފި
އެސްޓީއޯ އިން ޓްރިސްޓާ ބްރޭންޑްގެ މެޑިކަލް އިކުއިޕްމަންޓް ވިއްކަންފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތުގައި ޓްރިސްޓަރ ބްރޭންޑް ރާއްޖޭގެ މާކެޓަށް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ މެޑިކަލް ސަރވިސަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ނިއުޝާދުއެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ބުނީ އަލަށް ތައާރަފް ކުރެވުނު ޓްރިސްޓާ ބްރޭންޑްގެ ތެރޭގައި ހޮސްޕިޓަލް އަދި ކްލިނިކް ތަކައް ހާއްސަ އަދި ގޭގައިވެސް ބޭނުންކުރެވޭނެެ ސިއްހީ ކަންކަން މޮނީޓަރު ކުރާ ވަސީލަތްތައް ހިމެނޭކަމަށެވެ.

މީގެ ތެރޭގައި އަވަސް ފަރުވާދިނުމަށާއި އާދަކޮށް ބަލަހައްޓަންޖެހޭ ސިއްހީ ކަންކަން (ލޭގެ ޕްރެޝަރ, ހަކުރު، ޕަލްސް) ފަދަ ކަންކަމުގެ އިތުރުން ހޯމް ކެއާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ އެކި ކަހަލަ ވަސީލަތްތައް ހިމެނޭކަމަށް އެ ކުންފުނިން ބުނެ އެވެ.

your imageޓްރިސްޓާ ބްރޭންޑް ތައާރަފު ކުރުމުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

ޓްރައި-ސްޓާ ޑިޒައިން އަކީ ތަފާތު ޓެކްނޮލޮޖީތަކުގެ ތެރެއިން މެޑިކަލް ޑިވައިސް ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. 

އެ ގޮތުން މޮޓޯ ޑްރައިވް އަދި ކޮންޓްރޯލް ސިސްޓަމް އެޕްލިކޭޝަން، ބަޔޯ ސެންސާރް، ބަޔޯ އިމްޕެޑެންޝް، ބަޔޯ ޕޮޓެންޝިއަލް އަދި އޮޕްޓިކަލް ޓެކްނޮލިޖީ ގެ އިތުރުން އެހެން ނިހެން ތަފާތު ޓެކްނޮލިޖީ ބޭނުންކުރާ ކުންފުންޏެކެވެ.

ޓްރިސްޓާ ކުންފުނީގެ ޕްރޮޑަކްތަކަކީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޕްރޮޑަކްތަކެކެވެ. އެމެރިކާގެ މަޝްހޫރު އަދި އިތުބާރު ހޯދައިފައިވާ ޓްރިސްޓާ ބްރޭންޑްގެ މެޑިކަލް އިކުއިޕްމަންޓް އުފައްދާ ކުންފުންޏަކީ 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

your imageޓްރިސްޓާ ޕްރޮޑަކްޓް ތައާރަފު ކުރުމުގެ ތެރެއިން 

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން އެސްޓީއޯގެ މާލެ ސަރަހައްދުތަކުގެ ފާމަސީތަކުން ވެސް ޓްރިސްޓަރ ބްރޭންޑްގެ ވަސީލަތްތަށް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ އެވެ. އަމާޒަކީ ވީހާވެސް ކުރުމުއްދަތެއްކައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މިވަސީލަތްތައް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް