ads
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި
އެއް ކިޑްނީ ނެތް މީހަކު ކިލޯއެއްގެ ޑްރަގާއެކު ހައްޔަރުކޮށްފި
އެއް ކިޑްނީ ނެތް މީހަކު، އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހަކު އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ގެއްދިޔުމުން، ޝަރީއަތް ނިމެންދެން އޭނާވަނީ ބަންދުކޮށްފަ އެވެ. 

މާލޭން ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މި މީހާ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ އެއް ކިޑްނީ ނެތްކަމަށް ބުނެވަނީ އެކަން ފާހަގަކޮށްފަ އެވެ. އޭނާ އަކީ ހައްޔަރު، އަދި ބަންދު ރެކޯޑް އޮންނަ މީހެއްކަން އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. އޭނާ ޝަރީއަތުގައި ވާހަކަ ދެއްކީވެސް ވަކީލަކާ ނުލައެވެ. 

އޭނާގެ އެއް ކިޑްނީ ނެތް ކަން ފާހަގަކޮށްފައިވާތީ، ހާލަތަށް ބަލައި ފަރުވާ ދޭން ޖެހޭނަމަަ އެކަން ކުރުމަށް ކޯޓުންވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް