ads
މިއަދު ކުރިޔަށް ގެންދާ ހުޅުލޭ ސާފު ކުރުމުގެ ތެރެއިން
ހުޅުލޭ ސާފުކުރުމުގެ ކެމްޕޭނެއް އެމްއޭސީއެލް އިން ފަށައިފި
ހުޅުލޭ ސާފުކުރުމުގެ ކެމްޕޭނެއް މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ފަށައިފި އެވެ.

އެމްއޭސީއެލްއިން ކުރިޔަށް ގެންދާ "ސަޅި ހުޅުލޭ" ޕްރޮގްރާމްގައި ނުވަ ޓީމެއް ބައިވެރިވާނެ ކަމަށާއި އެ ގްރޫޕްތަކުން ހުޅުލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެ ކުންފުނިން ބުނެފައިވަނީ އެކަން ކުރުމުގެ މަގްސަތަކީ ހުޅެލޭ އަކީ ސާފު ތާހިރު އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުން ކަމަށެވެ. 

މި ކަން ފެށުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީ އެމްޑީ އަދި ސީއީއޯ އިބްރާހިމް ސަރީފް މުހައްމަދު ވިދާޅުވީ ސާފު ތާހިރު ކަމަކީ ހުރިހާ އެންމެންގެވެސް ޒިންމާ އެއް ކަމަށާއި ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާ ކުރާ ނަމަ ސާފު ތާހިރު އަދި ތިމާ ވެއްޓާއި ރައްޓެހި މައުހައުލެއް އުފެއްދުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ކުރިޔަށް އޮތް ތަނުގައިވެސް މި ފަދަ ތަފާތު މަސްރޫއުތައް ހިންގޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. 

މި ކަމުގައި އެމްއޭސީއެލްގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޮޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް ހަރަކާތްތެރިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް