ads
މާފުށީ
ކ.މާފުށީގައި ހިނގި މާރާމާރީގައި މީހަކަށް އަނިޔާވެއްޖެ، ދެ މީހަކު ހައްޔަރު
ކ.މާފުށީގައި ހިނގި މާރާމާރީގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މާފުށީގައި މާރާމާރިއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މިއަދު ފަތިހު 05:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މިއަދު ހިންގި އިތުރު މާރާމާރިއަކާ ގުޅިގެން އިތުރު ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. 

އަދި ހައްޔަރު ކުރި ދެމީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއްކަމަށް މިހާތަނަށް ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް