ads
ރޯދަޔަށް ތައްޔާރު ވާން މާރުކޭޓުގައި
އިސްރާފު ނުކުރަންވީ މަހު ހެސްކިޔާފަ އިސްރާފު ކުރަނީ ކީއްވެ؟
ރޯދަ މަސް ކައިރިވަމުން އަންނަ ވަރަކަށް ގެޔަށް ބޭނުންވާ އެއްޗެހި ގަނެ ބާ އެއްޗެހި ބަދަލުކޮށް ގޭތެރެ ޒީނަތްތެރި ކުރުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. އަދި ރޯދަމަސް ފެށުމުން ކެއިންބުއިމުގައި އިސްރާފް ގިނަ އެވެ.
Advertisement

މި އާދައަކީ ވަރަށް ކުރިން ސުރެން ދިވެހިންގެ ކަށީގައި ހަރުލާފައިވާ ކަމެކެވެ. ކުރީ ޒަމާނުގައި ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މުޅި ގޭގައި ކުލަލާ ގޭ ދޮރު މަތީގައި ދޮންވެލި ލާ، ހަލާކުވެފައިވާ ތަކެތި ބަދަލުކުރުން ހިމެނެ އެވެ.

ނަމަވެސް މިޒަމާނުގައި މި މާތްވެގެންވާ މަހަށް މަރުހަބާ ކިޔުމަށް ގޭތެރެ ޒީނަތްތެރި ކުރުމަށޭ ކިޔާފަ ބޭނުން ކުރެވޭ ހާލުގައި ހުރި ނުވަތަ ހަމަ އާ ފަރުނީޗަރު އަދި ހިފާ ގެންގުޅޭ ސާމާނު ހުއްޓާ އާ ތަކެތި ގަނެ ހަދާ ކަމީ ހަމަ އެންމެނަށް އިނގޭނެ ކަމެކެވެ. 

ގިނަ މީހުން މި "ބާ ތަކެތި" ނަގާ އުކާލާ އިރު ހަމަ އެއްވެސް ވަރަކަށް ނުވިސްނަ އެވެ. މިކަން މި ގޮތަށް ކުރުމުގެ ބަދަލުގައި ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި ބޭނުން ކުރުން މާ ރަނގަޅުވާނެ ނޫންތޯ އެވެ. ހަމަ ކޮންމެ ރޯދަ މަހަކަށް ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި އަދި ފަރުނީޗަރުތައް އާ ކުރުން ހަމަ އެހާ މުހިންމު ތޯ އެވެ. އަނެއް ބަޔަކު އާ އެއްޗެހި ނުގަނެވޭ ހާލަތުގައި ތިބޭ މީހުންނަށް މި ތަކެތި ހަދިޔާ ކުރާކަމީ ހަމަ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

your imageރެސްޓޯރެންޓެއްގެ ރޯދަ ވިއްލުން 

ދެން ދިވެހިން ކޮންމެ ރޯދަ މަހަކަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ މާހެފުމަށް ބަލާލަމާތޯ އެވެ. އެކަމުގައި ބައެއް މީހުން އިންތިހާ އަށް ބޭކާރު ހަރަދުކޮށް އިސްރާފުވާ ވަރަށް ކާތަކެތި ބޭނުން ކުރާ ކަމީ ހަމަ އެހާ ހިތާމަވެރި ކަމެކެވެ. މި މާހެފުން މިގޮތަށް ކުރިޔަށް ގެންދާ އިރު އެއްބަޔަކު ރޯދަ މަހު ރޯދަ ވިއްލާނެ ހާލަތެއް ނެތިފައި ތިބި ކަމީ ވިސްނާލަން ޖެހޭ ކަމެކެވެ. 

ދެން ރޯދަ ވީއްލާ ގަޑި އަދި ހާރު ކާ ގަޑިޔަށް ބަލާލާ އިރު ރޯދަ ވީއްލާ ގަޑީގައި ކާބީތަކެތި ތައްޔާރު ކުރުމުގައި އިންތިހާއަށް ގިނަ އެކި ވައްތަރުގެ އެއްޗެހި ހަދާ އިރު އޭގެ ތެރެއިން ގިނަ އެއްޗެހި އުކާލަން ޖެހޭ ކަމީ ވިސްނާލުން އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. 

your imageރޯދަޔަށް ހަވާދު ދެވުންމުގައި 

ހަމަ އެ ގޮތަށް ހާރު ކާ ގަޑިޔަށް އަދި ތަރާވީސް ކުރާ ގަޑިޔަށްވެސް އެކި އެކި ވައްތަރުތަކުން އެއްޗެހި ހަދާ މީހުން ވަކި މަދެއް ނޫނެވެ. 2 މީހަކު ނުވަތަ 3 މީހަކު ކާން ތިބޭ ގޭތަކުގައިވެސް 5-6 މީހުންނަށް ވާވަރަށް ކާ އެއްޗެހި ތައްޔާރު ކުރާ ކަމީ ހަމަ ހިތާމަ ހުރި ކަމެކެވެ. 

ދެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގްރޫޕް ހަދާފައި ރެސްޓޯރެންޓުތަކަށް ގޮސް އެތަންތަނުގައި ރޯދަ ވީއްލާ ހަދާ އިރު އެ ބައެއްގެ އަތުން އެ ހޭދަ ކުރެވޭނެ ކިހާ ލާރި އެއް ކަމެއް ވިސްނާލާ ބަޔަކު މަދު ވާނެ އެވެ. 

ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމަކަށްވާއިރު ރޯދައިން އެ މަގުސަދު ހާސިލްކުރެވޭނީ އިސްރާފުކުރުމާއި ދުރުހެލިވެގެންނެވެ. ރޯދަ މަހަކީ ބޭކާރު ހަރަދު މަދުކޮށް ފައިސާ ފަހަށް ރައްކާ ކުރަން ވިސްނަން ޖެހޭ ދުވަސް ވަރެއް ނަމަވެސް ދިވެހިންގެ ތެރޭގައި މި މަސްތެރޭގައި ބޭކާރު ހަރަދުކޮށް އިންތިހާ އަށް އިސްރާފު ކުރާކަމީ ހިތާމަ ހުރި ކަމެކެވެ.  

ކާބޯތަކެތިން އިސްރާފްކޮށް، އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި، ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުމުން ދުރުހެލިވާށެވެ. ހޭދަ ކުރުމާއި، ކެއިންބުއިމާއި، މުދާ ހޯދުމާއި ފޭރާން އެޅުމުގައިވެސް މެދުމިންވަރުގައި ހިފުމަށް އިސްލާމް ދީން ދެއްކެވި އިރުޝާދުތަކުގައި ހިފަމާ ހިންގަވާށެވެ.

އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. އެއީ ޝައިތާނާގެ އަމަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް