މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ވެރިކަމަށް ހޮވެންވެސް ހޮވުމަށް ފަހުވެސް މި ސަރުކާރުން ތެދެއް ނަހަދާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ހުރިހާކަމެއްވެސް މިހާރު ވަރަށް ސާފު ކަމަށެވެ.
މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ގައުމު މިސްރާބު ހަމަމަގަށް އެޅުވޭނެ ބުއްދިއެއްވެސް މި ސަރުކާރުގައި ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ކެމްޕެއިން ކުރުމުގައި އެކަކު އަނެކަކަށް ދޮގު ބަސްތައް ރައްދުނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ހައްދަވަނީ ދޮގުކަމަށް ބުނެ އިދިކޮޅުންދަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.
އިތުރަށް ކިޔާލަން: ރައީސް ނަސޭހަތް ދެއްވީ ރޯދަމަހު ދޮގުތަކާ ދުރުހެލިވާން