ads
ސޯފިއާ ލިއޯން
އެމެރިކާގެ މަޝްހޫރު ތަރި ސޯފިއާ ލިއޯން މަރުވެފައި އޮއްވައި ފެނިއްޖެ
އެމެރިކާހެ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ އަދި ތަރި ސޯފިއާ ލިއޯން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
Advertisement

އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމްުން ދިޔަ އެޕާޓުމަންޓުންކަމަށް މައުލޫމާތު ލިބެއެވެ. 

އުމުރުން 26 އަހަރުގައި ސޯފިއާ މަރުވި ސަބަބު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

ސޯފިއާ މަރުވި ނަމަވެސް އޭނާގެ އާއިލާއިން އޮތީ އެކަން ހަފްތާއެއް ވަންދެން ސިއްރުކޮށްފައެވެ. ނަމަވެސް އޭނާ މަރުވިކަން ހާމަވީ "ގޯ ފަންޑު މީ" ކިޔާ ވެބްސައިޓެއްގައި އޭނާގެ އާއިލާއިން އޭނާ ވަޅުލުމުގެ ޖަނާޒާ ބާއްވަން ފައިސާ ބޭނުންވެގެން އެހީއަށް އެދި ލިޔުމުންނެވެ. 

ސޯފިއާ މަރުވިއިރު ދިރިއުޅެމުން އައީ އޭނާގެ ދޮން ބައްޕަގެ އެޕާޓުމަންޓެއްގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާ މީހުން އެޕާޓުަންޓަށް ވަދެ ބެލުމުންކަމަށް ރިޕޯޓުތައް ބުނެއެވެ. 

އޭނާގެ ސަޕޯޓަރުން އަންނަނީ މި މަރުގެ ތަހުގީގު ހާމަކަން ބޮޑު ގޮތެއްގައި ހިންގުމަށް ގޮވާލަމުންނެވެ. މި އަހަރު ފެށުނު ފަހުން ސޯފިއާ ފަދަ ހަތަރު އިންފުލުއެންޒަރަކު އެމެރިކާއިން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

ފުލުހުން އަންނަނީ އޭނާ ގުދުރަތީ މަރަކުން މަރުވިތޯ ނުވަތަ މަރައިލީތޯ ވެސް ބަލަމުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް