ads
ފަނޑިޔާރު ނިޔާޒް
ޖޭއެސްސީގެ ނާއިބު ރައީސްކަމަށް ފަނޑިޔާރު ނިޔާޒް
ޖޭއެސްސީގެ ނާއިބު ރައީސްކަމުގެ މަގާމަށް ހައިކޯޓުގެ ފަރާތުން އެ ކޮމިޝަނުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އިންތިހާބު ކޮށްފި އެވެ.

ޖޭއެސްސީގެ ނާއިބު ރައީސްކަމަށް ނިޔާޒް އިންތިހާބުކުރީ، އެ މަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ސުއޫދު އިންތިހާބު ކުރުމަށް ފަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 

އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ފަނޑިޔާރު ނިޔާޒަކީ މިހާރު ހައިކޯޓުގައި އެންމެ ދުވަސްވީ ފަނޑިޔާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް