ads
ސާފް އަންހެން 16 އަހަރުން ދަށުގެ ޗެމްޕިއަން
ރާއްޖެ ނުކުޅޭ، ސާފް އަންހެން ތަށި ބަންގްލަދޭޝްއަށް
ސާފް 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދައިފިއެވެ.

ރާއްޖެ، ބައިވެރިވެސް ނުވާ މި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދީ ފައިނަލުގައި އިންޑިޔާ އަތުން ތިން ލަނޑު ދެ ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި ބަންގަލްދޭޝްއިން ނަތީޖާ ނެރުނީ، ފުރިހަމަ ވަގުތު ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. މުބާރާތުގެ ގަވައިދު އޮތް ގޮތުން އިތުރު ވަގުތެއް ނުކުޅެއެވެ.

ސާފް 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން އަންހެން ޓީމު ބައިވެރިނުވާއިރު، 19 އަހަރުން ދަށުގެ އަންހެން މުބާރާތުގައިވެސް އަދި 18 އަހަރުން ދަށުގެ އަންހެން މުބާރާތުގައިވެސް ރާއްޖެ ނުކުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް