ads
ވެމްކޯގެ މުވައްޒިފުން
އާންމުންނަށް ހިލޭ ކުނި އުކާލުމުގެ އިންތިޒާމު ވެމްކޯ އިން ހަމަޖައްސައިފި
ގްރޭޑާ މާލެ ސަރަހައްދުގައި ވެމްކޯގެ ޓްރާސްފާ ސްޓޭޝަންތަކުން އާންމުންނަށް ހިލޭ ކުނި އުކާލުމުގެ އިންތިޒާމު ވެމްކޯ އިން ހަމަޖައްސައިފި އެވެ.
Advertisement

ވެމްކޯ އިން ބުނީ ރޯދަ މަހާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެ ކުނިތައް އުކާލުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދާ ދިނުމަށް ވެމްކޯގެ މެނޭޖްމަންޓުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުގެ އިރޮއޮއްސި ހަޔަކުން ފެށިގެން ގްރޭޑާ މާލެ ސަރަހައްދުގައި ވެމްކޯގެ ޓްރާސްފާ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެ ސާފު ކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ފުރުސަތު މާޗް މަހުގެ 13 ވަނަ ދުވަހުގެ 11:59 އާ ހަމައަށް އޮންނާނެ އެވެ. މި މުއްދަތު ގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖެއް ވެސް ނުނަގާނެ އެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ޓްރާސްފާ ސްޓޭޝަންތަކަށް ވިޔަފާރިތަކުން ކުނި އުކާނީ ހަމަ މިހާރެކޭ ވެސް އެއްފަދައިން ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީއެއް ދެއްކުމުން ކަމަށް ބުންޏެވެ. 

އަދި ސަރުކާރު މުއައްސަސާތަކާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ކިލޯއަކަށް 2.66 ލާރި ދައްކައިގެން ޖެހޭނެ އެވެ. އެންޓްރީ ފީގެ ގޮތުގައި ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ވެމްކޯ އިން ބުނީ ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި ކާބޯތަކެއްޗާއި ފަނާވާ ޒާތުގެ ކުނި އަދި އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުން ފަދަ ކަންކަމުން އުފައްދާ ކުނި ނުހިމެނޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް