ads
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު -
ރައްޔިތުންނައް އުނދަގޫ ނުވާނެހެން ކެމްޕޭން ކުރަން އީސީން އެދިއްޖެ
ކެމްޕޭނުކުރާ އިރު ރައްޔިތުންނައް އުނދަގޫ ނުވާނެހެން ކެމްޕޭން ކުރަން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އެދިއްޖެ އެވެ.

ހަބީބް ކުރެއްވި އެކްސް ޕޯސްޓެއްގައި ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުން، އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން، ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ތަންތަނުގައި ހަރުކުރުމާއި، ހިއްޕުމަށް ސަމާލުކަން ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށެވެ. 

ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ޢާންމު ތަންތާނގައި ބެހެއްޓުމުގެ ހުއްދަ އަށް ކެންޑިޑޭޓުން އެދިވަޑައިގަތުމުން، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން، އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ދެއްވަންޖެހޭ ހުއްދަ ދެއްވުމަކީ ޤާނޫނުން ލާޒިމްކުރާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދިހަމަ އެހެންމެ، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނޭ އެއްވެސް ކަމެއް ނުހިނގާކަން މުއައްސަސާތަކުން ކަށަވަރު ކުރެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށް ހަބީބް ވިދާޅުވި އެވެ.

ކުރިން މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައި އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބު ރޯދަ މަހާއި ދިމާވުމުގެ ސަބަބުން މަޖިލީހުން އިންތިހާބުގެ ބިލަށް އިސްލާހެއް ގެނެސްފައި ވަނީ ރައީސް އެ އިސްލާހު ތަސްދީގު ކުރެއްވުމުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މިހާރު މި އިންތިހާބު ބާއްވަން ނިންމާފައި ވަނީ މި އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ 

އެ އިސްލާހާއި އެކު ކުރިޔަށް އޮތްތަނުގައި އެއްވެސް އިންތިހާބެއް ރޯދަމަހުގެ ތެރޭގައި ނުބޭއްވޭނެ އެވެ. 

މިކަމާއި ގުޅިގެން ރޯދަ މަހުގެ ތެރޭގައި އީސީން ބާއްވަން ނިންމި ބައި އިލެކްޝަންތައްވަނީ މި އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް