ads
އެމްޕީއެލްއިން ހެދި މަޖޫރީންގެ ހިޔާ ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން ތަރައްގީކުރި މަޖޫރީންގެ ހިޔާ ހުޅުވައިފި
ޕޯޓް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނަށް ހާއްސަކޮށްގެން އެމްޕީއެލްއިން ތަރައްގީކުރި ޒަމާނީ ފެންވަރުގެ މަޖޫރީންގެ ހިޔާ ރަސްމީކޮށް ހުޅުވައިފި އެވެ.

އެމްޕީއެލްއިން ހެދި މި މަޖޫރީންގެ ހިޔާ ހުޅުއްވައިދެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހާއި، ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު އެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މިއީ މަޖޫރީން ކުރަމުންދާ ބުރަ މަސައްކަތުގެ ތެރޭގައި އަރާމުކޮށްލުމުގެ މަގްސަދުގައި ހުޅުވުނު އިމާރާތެއް ކަމުގަ އެވެ.

މިއީ ރައީސް ޑރ. މުއިއްޒު ކެމްޕެއިން ދުވަސްވަރު ވިދާޅުވި ފަދައިން މަޖޫރީންގެ ހިޔާގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ބިނާކުރި މި އިމާރާތެކެވެ.

މަޖޫރީންގެ ހިޔާ ހުޅުވުމާ ގުޅިގެން މަޖޫރީން ވަނީ ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް