އެ އިދާރާއިން ބުނީ މިމަހާއި އަންނަމަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ. ވިލާ މަދުވުމާއި، ވައިމަޑުވުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މި އަހަރަކީ އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވާކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ އެ އިދާރާގެ ވައިބަރ ގްރޫޕްގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00 ގައި ރާއްޖޭގެ 5 މޫސުމާބެހޭ އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހްސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރާނެކަމަށެވެ.