ads
އިންޑިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޮޕްޓަރު - ފޮޓޯ: އެމްއެންޑީއެފް
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރައިފި
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ހަރަކާތްތެރިވި އިންޑިއާ ސިފައިން އެނބުރި އެ ގައުމަށް ފުރައިފި އެވެ.

ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އައްޑޫގައި ތިބި އިންޑިއާގެ 25 ވަރަކަށް ސިފައިން މިމަހުގެ 10 ގެ ކުރިން ފޮނުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް މިހާރު ވަނީ ފުރައިގެން ގޮސްފަ އެވެ.

ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި ދެން ހަރަކާތްތެރިވާނީ ސިވިލިއަނުންގެ ޓީމެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައި ވާއިރު، ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި އިންޑިއާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބޭލުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވަނީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ހަރަކަތްތެރިވާ ކަމަށާއި، އެމީހުން ފޮނުވާލުމުގެ މަސައްކަތް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް