ads
މައިކަލް ޖެކްސަން
މައިކަލް ޖެކްސަން އިސްލާމްވީ ކީއްވެ؟
ޕޮޕް މިއުޒިކުގެ ރަސްގެފާނު މައިކަލް ޖެކްސަން އޭނާ މަރުވުމުގެ ދުވަސްކޮޅެއްކުރިން އިސްލާމްވިކަމަށް ހަބަރުތައް ފެތުރުނެވެ.

މައިކަލް ޖެކްސަން އިސްލާމްވީ "ރަނގަޅު މީހަކަށް" ވުމުގެ ނިޔަތުގައިކަމަށް ބެލެވެއެވެ. 

މައިކަލް އިސްލާމްވުމަށް އެންމެބޮޑު ނުފޫޒަކަށްވީ ލަވަ ލިޔުންތެރިންކަމަށްވާ ޑޭވިޑް ވާންސްބީ އާއި ފިލިޕް ބުބަލް އެމީހުން އިސްލާމްވުމާއި އެކު އެމީހުންގެ ދިިރިއުޅުން ބަދަލުވީގޮތާއި، އެމީހުންގެ "ރަނަގަޅު ބަޔަކަށް" ވީގޮތް ކިޔައިދީ އެމީހުންގެ ވާހަކަތަކުން އިސްލާމް ދީނާމެދު އުފެދުނު ޝައުގުވެރިކަމުގެ ސަބަބުންނަކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. 

މައިކަލް ޖެކްޝަން އިސްލާމްދީން ގަބޫލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އިސްލާމް ދީން ގަބޫލުކުރުއިރު އޭނާގެ އުމުރަކީ 50 އަހަރެވެ. ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭނާ އިސްލާާމްދީން ގަބޫލުކުރީ އެމެރިކާގެ ލޮސްއެންޖަލަސްގައެވެ. 

މައިކަލްޖެކްސަން އިސްލާމް ދީން ގަބޫލުކުރިއިރު، އޭނަގެ މައްޗަށް އަރަބިކަރައިގެ ޝޭހަކު ކުރާ ދައުވާއެއްގައި އޭނާ އޮތީ ކޯޓަށް ހާޒިރުވާން އަންގާފައެވެ. އެއީ އެ ޝެއިހު ލިޔެފައިވާ ލަވައެއް ހުއްދަނެތި މައިކަލްޖެކްޝަން ރެކޯޑުކުރުމުންނެނެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ 4.7 މިލިއަން ޕައުންޑު ހޯދުމަށެވެ. 

މައިކަލް ޖެކްޝަން އެ ލަވަ ރެކޯޑުކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ކުޑަކުއްޖަކާ ނުހަމަ ގުޅުންތަކެއް ބޭއްވިކަމުގެ ދައުވާއިން ސަލާމަތްވުމުން އެކަމުގެ އުފަލުގައިކަމަށް ރިޕޯޓުތައް ބުނެއެވެ. މިހެންކަމުން މައިކަލް އިސްލާމްވީ "ރަނގަ މީހަކަށް ވުމަށް" ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތަކަށް ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. 

މައިކަލް ޖެކްސަން މަރުވީ އޭނާ އިސްލާމްވިތާ ހަތް މަސް ދުވަސް ފަހުން 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މަރުވިއިރު އުމުރަކީ 50 އަހަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް