ads
ރަހާ ކަޕޫރު އަދި އޭނާގެ މަންމަ އާލިއާ ބަޓް
އާލިއާ ބަޓްއާއި ރަންބީރުގެ ދަރިފުޅު އާންމުންގެ ތެރެއަށް
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ ބޮލީވުޑުގައި މިވަގުތު އެންމެ މަގުބޫލު ޖޯޑޭ ބުމުން ވެސް ގޯހަކަށް ނުވާނެއެވެ.

ކައިވެންޏަށް އެންމެ 7 މަސް ވީ ތަނުން އެ ދެ ތަރިންނަށް ދަރިއަކު ލިބުނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. އެކުއްޖާއަށް ކީ ނަމަކީ ރަހާ ކަޕޫރު އެވެ. ނަމަވެސް އެމީހުންގެ ދަރިފުޅު އާންމުކޮށް ދައްކައިނުލާ އަހަރަކަށްވުރެ ގިނަ ދުވަސް ގެންގުޅުނެވެ. 

އެންމެ ފުރަތަމަ ރަހާ ކަޕޫރުގެ ސިފަ ދައްކާލާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭރު ރަހާގެ އުމުރުން އެއް އަހަރު ފުރިއްޖެއެވެ. ރަހާ ގޮވައިގެން ރަންބީރާއި އާލިއާ ވަނީ ކްރިސްމަސް ދުވަހާއި ގުޅުވައިގެން އާލިއާގެ އާއިލާއިން ބޭއްވި ހަފްލާއަކަށް ގޮސްފައެވެ. 

ނަމަވެސް އޭގެ ފަހުން ދުވަސްކޮޅަކަށް ރަހާ ގެއްލުމަށްފަހު މިހާރު ދެ މަފިރިން މިވަނީ އާންމުންގެ ތެރެއަށް ވެސް ރަހާ މަޑުމަޑުން ނެރެން ފަށާފައެވެ. މިގޮތުން މުކޭޝް އަންބާނީގެ ދަރިފުޅު އަނަންތު އަންބާނީގެ ޕްރީ ވެޑިން އިވެންޓަށްވެސް އާލިއާ ބަޓް އައި ރަންބީރު ދިޔައީ ރަހާ ކަޕޫރު ގޮވައިގެންނެވެ. 

ގިނަބަޔަކަށް ރަހާ "ކިއުޓް" ވެގެން އޭނާއާއި ވާހަކަ ދައްކައި ހެދި މަންޒަރު ވަނީ އެ އިވެންޓުގެތެރެއިން ފެނިފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް