ads
މާލޭ މަގުތަކަށް އުކާފައި ހުރި ކުނިތަކެއް
މުޅި މާލޭގައި ކެމެރާ، ކުނިއަޅާ މީހުންގެ ވީޑިއޯ އާއްމުކޮށް ފިޔަވަޅު އަޅާ
މާލޭގެ މަގުތަކަށް ކުނި އެޅި މީހުންގެ ވީޑިއޯތައް އާއްމުކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ އަޑު ސޯޝަލް މިޑިއާގައި ގަދަވެއްޖެއެވެ.
Advertisement

ރޯދަމަހާއި ދިމާކޮށް މާލެ އާއި ހުުޅުމާލޭގެ މަގުތަކަށް އެތައް ކުންޏެއް ވަނީ އަޅާފައެވެ. އެތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު އަދިވެސް ބައެއް ސަރަހައްދުތަކުގައި ފުނި ފުންޏަށް ކުނި އެބަ ހުއްޓެވެ.

މިދިޔަ އާދިއްތަ ދުވަހު މާލޭ ގެ މަގުމަތިން 60 ޓަނުގެ ކުނި ނަގާފައިވާކަން ހާމަކުރިތާ 24 ގަޑިރުވެސް ނުވަނީސް މާލޭ މޭޔަރު އާޒިމް ވިދަޅުވީ ރޯދަމަހުގެ ފުރަތަމަ ދުވަހު 4 ގަޑިއިރުގެ ތެރޭގައި 22.5 ޓަނުގެ ކުނި މާލޭގެ މަގުތަކުން ނަގައިފައިވާކަމަށެވެ. އަދި މިިދިޔަ 16 ދުވަހުގެތެރޭގއި 222.5 ޓަނުގެ ކުނި މާލެތެރެއިން ނަގާފައިވާކަމަަށްވެސް އާޒިމް ވިދާޅުވިއެވެ.

" މިދިޔަ 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 9 ކޮނޓޭނަރުގެ ކުނި. އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް." އާޒިމް ވިދާޅުވިއެވެ.

މުޅި މާލެ ގޮނޑުވެ އެކި ސަރަހައްދުތަކުގައި ކުނިތައް ފުނިޖެހިފައިވާތީ އެތައް ބައެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުޅި މާލޭގައި ކެމަރާ ހަރުކޮށްފައި ހުންނައިރު ކުނި މަގުތަކަށް އަޅާ މީހުން ފުލުހުންނަށް ހޯދޭނެކަމަށްވެސް އަންނަނީ ބުނަމުންނެވެ. 

އަދި މަގުތަކަށް ކުނި އުކާ މީހުންގެ ވީޑިއޯތައް އާއްމުކޮށް ފިޔަވަޅު އެޅުމަށްވެސް މީހުން އަންނަނީ ގޮވާލަމުންނެވެ. 

މީގެކުރިން މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ހޯދާ އެމީހުން ޖޫރިމަނާކޮށްފައިވެއެވެ.

މާލެ އިން ކުނި ނެރޭވަރު އިތުރުވެ މާލެ ގޮނޑުވާން ފެށުމުން ވެމްކޯއިން ވަނީ ގޭތެރެއިން ނެރޭ ކުނިތައް ހިލޭ އުކޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައެވެ. އެ ގޮތުން މިރޭ ދަންވަރު12 ޖަހަންދެން ހިލޭ  ކުނި އުކޭނެކަމަށް ވެމްކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް