ނައިބް ރައީސް ހިލާލީ ގެކޮޅު ދޫކުރައްވާ ހުޅުމާޭގައި ހުންނަ އަމިއްލަ އެޕާޓްމެންޓަށް ބަދަލުވެޑައިގެންފައިވާކަމަށް ރާއްޖޭގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެގޮތަށް ނައިބު ރައީސް ކަންކުރެއްވީ ސަރުކާރުން ޖާސޫސްކުރާތީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެންކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގެ ޕޯސްޓް ޓެގްކުރައްވާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ހިލާލީގެ ދޫކުރެއްވީ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ހިލާލީގެއިން ނައިބް ރައީސް ނުކުމެވަޑައިގެންކަމަށް ހަބަރުތައް ފެތުރުފައިވާއިރު އެމަނިކުފާނުގެ އަދި ރަސްމީކޮށް އެގެއަށް ބަދަލުވެޑައިގެންފައެއް ނުވެއެވެ. ހިލާލީ ގޭގައި ބޮޑެތި މަރާމާތުތަކެއް ހުރުމުން އެ މަރާމާތްތައް އަދިވެސް ނުނިމެއެވެ.
ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅުވުމަށް ހާއްސަކޮށްފައިވާ ގެކޮޅެވެ.
ރައީސް ދިރިއުޅުވުމަށް ހާއްސަކޮށްފައިވާ މުލިއާގޭގެ މަރާމާތަށްފަހު އެގެކޮޅަށް ރައީސް މުއިއްޒުގެ އާއިލާ ބަދަލުވެޑައިގަތީ މިދިޔަ މަހު ފަހުކޮޅުއެވެ.