ads
މޭސަން މައުންޓް
ހަތަރު މަސް ދުވަހަށް ފަހު މައުންޓް ޕްރެކްޓިހަށް
އަނިޔާގެ ސަބަބުން ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު މޭސަން މައުންޓް ޕްރެކްޓިސްގައި ބައިވެރިވާން ފަށައިފިއެވެ.

މައުންޓް ވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތަރު މަސް ދުވަހު ކުޅުން ހުއްޓާލުމަށް ފަހު އަންގާރަ ދުވަހު ފަރިތަކުރުންތަކަށް އެނބުރި އައިސްފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ޗެލްސީން 60 މިލިއަން ޕައުންޑް (76 މިލިއަން ޑޮލަރު) އަށް ބަދަލުވި ފަހުން ޔުނައިޓެޑަށް ހުރިހާ މުބާރާތެއްގައި ކުޅެފައިވަނީ އެންމެ 12 މެޗެވެ.

އުމުރުން 25 އަހަރުގެ މައުންޓް އެންމެ ފަހުން ކުޅުނީ މިދިޔަ ނޮވެމްބަރު މަހު ލޫޓަން ޓައުން އަތުން 1-0 އިން ޔުނައިޓެޑުން މޮޅުވި މެޗުގައެވެ.

އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މައުންޓް ކުޅެވޭނެ ކަމަކަށް ނުބެލެވުނު ނަމަވެސް މާޗް 30 ވަނަ ދުވަހު ޔުނައިޓެޑުން ބްރެންޓްފޯޑަށް ދަތުރުކުރާއިރު އޭނާ ބައިވެރިވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް