ބައެއް ތަރިން ގޭތެރޭގެ މަސައްކަތް ކުރަން ފަށާފައި ވާއިރު، އަނެއް ބައި ތަރިން ދަނީ ފޯނުން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ދިޝާ ޕަޓާނީވެސް މިވަނީ ގޭގައި ހުރެގެން ކުރާނެ ކަމެއް ހޯދާފައެވެ.
ދިޝާ ދަނީ ގޭގައި ހުރެގެން ތަފާތު ވީޑިއޯތައް އޭނާގެ ފޭނުންނާ ޝެއާ ކުރަމުންނެވެ. މޭކަޕް ކުރުމާ އޭނާ ގެންގުޅޭ ޖަނަވާރުންނާ އެކު ނަގާ އެކި ވީޑިއޯ ދިޝާ ދަނީ ޝެއާ ކުރަމުންނެވެ. އެގޮތަށް ދިޝާ ޝެއާ ކުރި ވީޑިއޯ އެއް ބަލުމަށް ފަހު ޓައިގާ ޝްރޮފް ވެސް ވަނީ ހައިރާނެ ވެފައެވެ.
ދިޝާ އިންސްޓަގްރާމްގައި ޝެއާ ކުރި ޓިކްޓޮކް ވީޑިއޯ ވަނީ ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައެވެ. އެވީޑިއޯ އަށް ޓައިގާ އާއި އޭނާގެ މަންމަ ވަނީ ރިއެކްޓް ކޮށް ކޮމެންޓް ކޮށްފައެވެ.