ads
އާސެނަލް ކުޅުންތެރިން
އާސެނަލްއަށް ބޮޑު ދުވަހެއް؛ ޗެމްޕިއަންސް ލީގު ކުއާޓާއަށް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން، 14 އަހަރަށް ފަހު އާސެނަލް އިން ފުރުސަތު ހޯދައިފިއެވެ.

އާސެނަލް ކުއާޓާއަށް ދިޔައީ، ޕެނަލްޓީ ޖަހައިގެން 4-2 އިން ޕޯޓޯ ބަލިކޮށްގެނެވެ. އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން، ކުއާޓާ ފައިނަލުގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެވެ.

ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު މޮޅުވެފައި އޮތުމުން އާސެނަލްގެ ދަނޑުގައި ފެށުނު އިރުވެސް މޮޅުވުން ނޫން ޗޮއިސްއެއް ނެތެވެ. އެހެން އެކަން އޮއްވާ، ލެއަންޑްރޯ ޓްރޮސާޑް ވަނީ ގޯލު ޖަހައިފަ އެވެ. އެނަތީޖާއިން މެޗުގެ ފުރިހަމަ ވަގުތު ހަމަ ވުމުން، އެގްރިގޭޓް ނަތީޖާ އެކެއް އެކަކަށް ވުމުން، އިތުރު ވަގުތު ކުޅެން ޖެހުނީއެވެ. އިތުރު ވަގުތުވެސް ނަތީޖާއަށް ބަދަލު ނައުމުން، ނަތީޖާ ނެރެން ޕެނަލްޓީ ޖެހީއެވެ. ޕެނަލްޓީގައި އާސެނަލުން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕޯޓޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ ފަހަރު ވެސް ކެޓީ ގަދަ 16 ބުރުންނެވެ. މިއީ، 2017 ވަނަ އަހަރުގެ ފަހުން އާސެނަލުން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ސީޒަނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް