ads
ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން
ރަމަޟާން ކްރިކެޓް ކާނިވަލް ފަށައިފި
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލްގެ މުބާރާތް ފަށައިފިއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައި ޖުމްލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ. ތިން މުބާރާތަކަށް ބަހާލައިގެން ކުޅުން ކުރިއަށްދާއިރު، ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގައި ބައިވެރިވެފައިވަނީ 12 ޓީމެކެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ބައިވެރިވެފައިވަނީ އަށް ޓީމެކެވެ. އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ 12 ޓީމެކެވެ. އެ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 30 އިން އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

އޯޕަން ޓެޕްބޯލްގެ ފުރަތަމަ މެޗު އެމްއޭސީއެލްއިން ކާމިޔާބުކުރީ މީރާއާ ވާދަކޮށް ހަތް ވިކެޓުންނެވެ. ދެވަނަ މެޗުން އެވިއާ މޯލްޑިވްސް މޮޅުވީ މެރީ ކޯނާއާ ބައްދަލުކޮށް 35 ލަނޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް