ads
ލެމަން ޕުޑިން
ސީއެންއެމް ބަދިގެ: ލެމަން ޕުޑިން
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
Advertisement

މިއަދުގެ "ސީއެންއެމް ބަދިގެ" އަށް ހޮވާލެވިފައި ވަނީ ތަރާވީސް ދަމަށް ހާއްސަ ލެމަން ޕުޑިން ރެސިޕީ އެވެ.

ލެމަން ޕުޑިން އަށް ބޭނުންވާނެ ތަކެތި:

 3/2 ޖޯޑު ހަކުރު

 3/1 1 ޖޯޑު ފެން

  4 ލުނބޯ (ލެމަންސް، ބޮޑެތިކޮށް ރީނދޫކުލައިގައި ހުންނަ ލުނބޯ)

 4/1 މޭޒުމަތީ ސަމުސާ ލެމަންގެ ހުތް

 4/1 ސައިސަމުސާ ލޮނު

 3 ބިހުގެ ގޮބޮޅި

 5 ސައިސަމުސާ ޒުވާރި ފުށް

ތައްޔާރުކުރާނެ ގޮތް:

ޕުޑިންއަށް ބޭނުންވާ ލެމަން ޒެސްޓް ތައްޔާރުކުރުމަށް ފުރަތަމަ ލުނބޮލުގެ ތޮށި މަށާލުމަށްފަހު އެތޮށިތަށް ތުނިކޮށް ކޮށާލާށެވެ. ދެން ތެއްޔަކަށް ފެންއެޅުމަށްފަހު ކޮށި ތޮށިތައް ތެލި ތެރެއަށް އަޅާ މަތި ޖަހާލާށެވެ. އަދި މެދުގިނީގައި 10 މިނެޓު ކައްކާލާށެވެ.  

ދިހަ މިނެޓުވުމުން ތެލިން ލުނބޯތޮށިތަށް ނަގާށެވެ. އަދި އުދުންމައްޗަށް ތަތްނުލަވާ ތާހެއް ކައްކަން އުދާ އޭގެ ތެރެއަށް ލުނބޯ ތޮށިތަށް އަޅާލާށެވެ. ދެން 1 1/4 ޖޯޑު ހަކުރު އަދި 1 1/4 ޖޯޑު ފެން ތާހުގެ ތެރެއަށް އަޅާ ކައްކަން ޖައްސާލާށެވެ. އަދި މެދުގިނީގައި 10 މިނެޓު ކައްކާލާށެވެ. 

ތާހުގައި ހުރި ތަކެތި ސިރަޕް ހުންނަން ގޮތަށް އޮލަވުމުން އުދުން ނިއްވާލާށެވެ. މިހާހިސާބުން ތާހުން ލުނބޯ ތޮށިތަށް ނަގާ، ބޯތައްޓެއްގެ ތެރެއަށްއަޅާ ބާކީހުރި ހަކުރުކޮޅު އަޅާ އެއްކޮށްފައި ހިހޫކުރަން ބަހައްޓާލާށެވެ. މިހުރީ ޕުޑިންއަށް ބޭނުންވާނެ ލެމަން ޒެސްޓް ތައްޔާރުވެފައެވެ.

ޕުޑިން ތައްޔާރުކުރުމަށް ކުރިން ލުނބޯ ކެއްކި ތާހުގައި ހުރި ސިރަޕު ގަނޑުގެ ތެރެއަށް 3 ޖޯޑު ކްރީމު އަޅާ އެއްކޮށްލުމަށްފަހު 15 މިނެޓު ކައްކާލާށެވެ. ދެން މީގެ ތެރެއަށް 3/4 ޖޯޑުގެ ލުނބޯ ހުތް އަޅާ ހިހޫކުރަން ބަހައްޓާލާށެވެ. އަދި ކުދި ބޯތައްޓަށް ކެއްކި ޕުޑިންގަނޑު އަޅާ ފްރިޖަށް ލާފައި ފިނިކޮށްލާނީ އެވެ. 

ތައްޔާރުކުރެވުނު ލެމަން ޕުޑިން ދެން ވަކިން ބޯތައްޓެއްގައި 1/2 ޖޯޑު ކްރީމް އޮލަވެލަންދެން ގިރާލާށެވެ. އަދި ކޮންމެ ޕުޑިން ތައްޓެއްގެ މައްޗަށް މިކްރީމް އަޅާލުމަށްފަހު ކުރިން ތައްޔާރުކުރި ލެމަން ޒެސްޓްތައް ކޮންމެ ޕުޑިން ތައްޓެއްގެ މައްޗަށް އަޅާ ފަތުރާލާށެވެ. 

މިހާރު ތިހުރީ ލެމަން ޕުޑިން ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް